../images/assets/aliblog.png
aWrTikwlctwac


muhincmu linckutwac

މަގުމަތީ ދުއްވާތަކެތި މަދު ކުރެވޭނެ...

61 feburuawrI 6102
komencTcsc 6



ބޭނުންވާލަނޑު ދަނޑި ހާސިލުކުރުމަށް ހުވަފެންތަކެއް ދެކެންޖެހެއެވެ. އުންމީދުތަކެއް އޮންނަންޖެހެއެވެ. އެމެރިކާގެ 53 ވަނަ ރައީސް ޖޯން އެފް ކެނެޑީ 1691 ގައި ވިދާޅުވީ ކުރިއަށް އޮތް ދިހަ އަހަރު ނިމުމުގެ ކުރިން މީހަކު ހަނދަށް ފޮނުވާ އަދި އޭނާ ސަލާމަތުން ދުނިޔެއަށް އަނބުރާގެންނާނެކަމަށެވެ. ޖޯން އެފް ކެނެޑީ ގެ މިވިޝަން އެމެރިކާ އިން ހާސިލު ކުރީ 9691 ގައެވެ. މިވިޝަން ކާމިޔާބުވުމާއި އެކު އެމެރިކާއިން ޖައްވުގައި ރަޝިއާގެ މައްޗަށް ކުރި ހޯދިއެވެ. އަޅުގަނޑުމެން ތެރޭގައި އުފެދެމުން ބޮޑުވަމުން އަންނަ ބައެއް ކަހަލަ މައްސަލަތައް ހައްލުކުރުމަށް ހުވަފެންތަކާއި، އުންމީދާއި ވިޝަން އެބަބޭނުންވެއެވެ.
ރާއްޖޭގެ މި ފުރަމާލޭގެ މަގުތައް ދުއްވާ ތަކެތީގެ ސަބަބުން ތޮއްޖެހުމަށް ހައްލެއް އެބަބޭނުންވެއެވެ. ދުއްވާ އެއްޗެތި ތޮއްޖެހުމުން އިޤްތިސާދަށްލިބޭ ގެއްލުން،ހިނގާބިގާވެ އުޅެން ދަތިވުން އަދި މަގުތަކުގައި އަޑުގަދަވެގެންފޯރާ އާންމު އުދަނގުލަކީ ލޯމައްޗަށް ފެންނަންހުރިކަންކަމެވެ.
މާލެ-ހުޅުމާލެ ބުރިޖްއެޅުމުންފަސޭހައިން ދަތުރުކުރެވޭނެ މަގު ތަނަވަސް ވީމާ، މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް ހައްލެއް އަތުވެދާނެބާއެވެ؟ މާލޭގެ ޕާކިން ގައިމުވެސް އިތުރެއް ނުވާނެއެވެ! ނަމަވެސް ކޮންމެވެސް ވަރަކަށް ވަޤުތީ ގޮތުން ލުއިކަމެއް އަތުވެދާނެ ކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް ވިސްނަންވާނީ ތޮއްޖެހުން ކުޑަވުމާއެކު އެއްގަމު އުޅަނދުވެސް ގިނަވާނެކަމަށެވެ. އެހެންވެއްޖެނަމަ ހާލަތު އޮންނާނީ މިހާރު މިއޮތްގޮތަށެވެ.
މިކަމަކީވެސް އަޅުގަނޑުމެންގެ ގާތް ސިންގަޕޫރުން މިސާލެއް ހޯދާލަންޖެހޭކަމެކެވެ. ސިންގަޕޫރު އުފެއްދި ބާނީން ދުށްގޮތުގައި ސިންގަޕޫރު ދެމިއޮތުމަށް ބޭނުންވާ އެއްކަމަކީ މަގުތައްފަސޭހައިން ބޭނުންކުރެވޭ ގޮތަށް، ތޮއްނުޖެހި ދުއްވާއެއްޗިއްސަށް ކުރިއަށް ދެވޭގޮތަށް އޮތުމެވެ. އެގޮތުގައި އެމީހުން ދަމަހައްޓަމުންގެންދެއެވެ. އަޅުގަނޑަށް ފުރަތަމަ ސިންގަޕޫރު ފެނުނީ 09ގެ ކުރީކޮޅުގައެވެ. އޭރުވެސް މިހާރަކަކުވެސް ސިންގަޕޫރު މަގުތަށް އޮތީ ދުއްވާއެއްޗިއްސަށާއި ހިންގާ ބިނގާވެ އުޅޭމީހުނަށް ފަސޭހަވާގޮތަށް ބައްޓަން ކުރެވިފައެވެ.
ސިންގަޕޫރުން ސިފަކުރާ ގޮތުގައި 0502ގައި ސިންގަޕޫރުގައި ޕްރައިވެޓް ކާރުގެ ވެރިފަރާތެއް ނުހުންނާނެއެވެ. ކާރުތަކެއް މަގުތަކުގައި އުޅޭނެއެވެ. އެހެންނަމަވެސް ކާރަކީ ޑަރައިވަރެއް ނެތި ސްމާޓް ފޯނުގެ އެހީގައި ބޭނުންމީހަކަށް އެކާރު ބޭނުންކުރެވޭގޮތަށް ހުންނާނެކާރުތަކެއްކަމަށެވެ. އޭރުން، އެޤައުމުގެ މަގުތަކުގައި މިހާރު ހުރި ނުވަ ލައްކަ ކާރު، ތިން ލައްކަ ކާރަށް މަދުކުރެވޭނެއެވެ. ސިންގަޕޫރުގެ ބިމުން %21 މިހާރު އޮތީ މަގެވެ. މިއަދަދަށް ދުއްވާތަކެތި މަދުކުރުމުން މަގުތަކުން %6 ބިން ސަލާމަތް ކުރެވޭނެކަމަށް މެސަޗޫސެޓް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސްޓަޑީއަކުންވަނީ ދެނެގަނެފައެވެ.
ސިންގަޕޫރުގެ ވިސްނުން އަމާޒު އެހިފަނީ ޑުރައިވަރު ނުލާ ދުއްވާގޮތަށް އުފައްދާ ގޫގުލްކާރުގެ އީޖާދަށެވެ. ގޫގުލްއިން މިފަދަ ކާރެއް ހަދާ ޓެސްޓްވެސްވަނީކޮށްފައެވެ. އަދި މިކާރު ކޮމާޝަލްކޮށް އުފެއްދޭނެ ގޮތެއް ހޯދުމަށް ވަނީ ފޯޑުކުންފުންޏާއި ހަވާލުކޮށްފައެވެ. އެންމެ ލަސްވެގެންވެސް މީގެ ވިއްސަކަށް އަހަރުފަހުން މިފަދަ ކާރުތަށް ބަޒާރާއި ހަމައަށް ފޯރާނެކަމަށްވަނީ ލަފާކޮށްފައެވެ.
އެމެރިކާ ރައްޔިތުން ދެކޭ ހުވަފެންގޮތަށް، ސިންގަޕޫރުފަދަ ކުދި ޤައުމުތަކުގައި ކޮންމެ ގޭބިސީއަކަށް ދެ ކާރުއޮތުމުން އެޤައުމުގެ ބިމަކަށް ނުކަތާނެއެވެ. ރާއްޖެއަކީ ސިންގަޕޫރަށްވުރެ ކުޑަ ޤައުމަކަށްވުމުގެ އިތުރުން އެޤައުމަށްވުރެ ފަޤީރުވެސް ޤައުމެކެވެ. މާލޭގެ މަގުތަކުގައި ކާރާއި އަދި އެހެން ދުއްވާތަކެތި މަދުކުރެވޭނެ މާހައުލެއް ގާއިމުކުރަން މަޖްބޫރުކުރުވާފަދަ ކިތަންމެ ސަބަބުތަކެއް މިމާހައުލުން ފެންނަން އެބަހުއްޓެވެ. އެހެންކަމުން މާލޭގެއެއްގަމު ދަތުރުފަތުރުގެ ނިޒާމުގައިތިން ބަދަލެއް އައުން މުހިންމުކަމަށް ދެކެމެވެ.
ފުރަތަމަކަމަކީ ޕަބްލިކް ޓްރާންސްޕޯރޓްގާއިމުކޮށް، އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ ބަހާއި ޓެކްސީ އެއްކޮށްލައިގެން ޚިދުމަތްދެވޭނެ މަގެއް ހޯދުމެވެ. މިހެން ހެދިއްޖެނަމަ މަލޭގެ މަގުތަކުގައި ދުއްވާއެއްޗެހި މަދުކުރެވި، ޚިދުމަތުގެ އަގު ތިރިކުރެވި މަގުތަށް ތަނަވަސްކުރެވޭނެއެވެ.
ދެވަނަކަމަކީ ޕަބްލިކް ޓްރާންސްޕޯރޓް ޕްރައިވެޓައިޒްކޮށްގެން ތަޖުރިބާތަކެއް މިވަނީ ކުރެވިފައެވެ. އެޚިދުމަތް އެންމެ އަކަށީގެންވާގޮތަށް މިވަނީ ނުދެވިފައެވެ. މިޚިދުމަތް ފޯރުކޮށްދޭން މިޖެހެނީ ސަރުކާރަށެވެ. އެހެންވީމާ، އާންމު ދަތުރުފަތުރުގެ ޚިދުމަތް ސީދާ ސަރުކާރުގެ ބެލެނިވެރިކަމުގެ ދަށުގައި ނުކުރަންވީކިއްވެގެންތޯއެވެ؟ މިފަދަ ޚިދުމަތެއް ފުޅާކުރާނެކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ގދ.ތިނަދޫގައި މިއުޒިއަމް ޕާރކް ހެދުމުގެ ރަސްމިއްޔާތުގެ ތެރެއިން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ.
ތިންވަނަކަމަކީ އަމިއްލަ ފަރާތްތަކުން ކާރުގެންގުޅުން ބޭނުންނުވާ ވަރަށް، ނުވަތަ ގެންގުޅެން މަޖްބޫރު ނުވާވަރަށް އާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކޮށް، ތަނަވަސްކޮށްއަމިއްލަ ފަރާތްތަކުން ކާރު ގެންގުޅުމަށް ބާރު ނޭޅޭފަދަގޮތަކަށް ގަވާއިދުތައް ހުރުމެވެ.
މިހާރުވެސް އާންމު ދަތުރު ފަތުރުގެ ހިދުމަތް ގިނަ ހިސާބުތަކެއްގައި ސަރުކާރުން ދަނީ ދެމުންނެވެ. މިއީ އިންވެސްޓްކުރަންޕްރައިވެޓް ސެކްޓަރަށް ހުޅުވާލާފައިވާ ދާއިރާއެކެވެ. އަދި ބައެއް ފަރާތްތަކުން މިވިޔަފާރި ފައްޓައި، ޚިދުމަތް އެކަށީގެންވާ ގޮތަށް ނުދެވުމާގުޅިގެން، ސަރުކާރުން މިޚިދުމަތް ފައްޓާފައިއެބަހުއްޓެވެ.
މިހާރު ވިސްނަންވީ އާންމު ދަތުރުފަތުރުގެ ހުރިހާ ހިދުމަތެއް އެއްކޮށްލެވޭނެ މަގެއް ތަނަވަސްކުރުމަށެވެ. މިދަންނަވަނީ ކަނޑުދަތުރުން ފެށިގެން އެއްގަމު ދަތުރު ފަތުރުގެ ކާރާއި، ބަސް، ސައިކަލާއި ސްކޫޓަރާއި އަދި ބައިސްކަލުވެސް ހިމެނޭގޮތަށެވެ. މިހެން ދެންނެވުމުން ހައިރާންވުން އެކަށީގެންވެއެވެ. ނަމަވެސް ތަފާތު ވައްތަރުގެ ދުއްވާތަކެތީގެ ޚިދުމަތް ފޯރުކޮށްދީގެން މެނުވީ މަގުތަކުން ދުއްވާތަކެތި މަދެއްނުކުރެވޭނެއެވެ. އާދެ، ސައިކަލާއި ސްކޫޓަރާއި ބައިސްކަލަކީވެސް އާންމުންނަށް ބޭނުންކުރުވޭގޮތަށް ހުންނަ ތަކެތިގޮތަށް އިންތިޒާމްކުރެވިފައި ހުރުމެވެ. މިފަދަ ހިދުމަތެއްގެ މަގްޞަދަކަށްވާންވާނީ ދަތުރުފަތުރުގެ ހުރިހާ ޚިދުމަތެއް ޖަމުޢުކޮށް، ރައްޔިތުންގެ އަމިއްލަ ދުއްވާތަކެތި ގެންގުޅުމުގެ ބޭނުންތެރިކަން ކުޑަކުރުމެވެ. މިނިޒާމު އާ ޓްރެންޑެއް ނުވަތަ ސްޓައިލާއެކު ތަޢާރަފް ކުރެވިއްޖެނަމަ، ދިވެހިން، ޚާއްޞަކޮށް ޒުވާނުން މި ކަން ބަލައިގަތުމަކީ ވުން ވަރަށް ގާތްކަމެކެވެ.
މިފަދަ ޚިދުމަތެއް ދޭން ފައްޓަންވީ އެންމެ ރަނގަޅު ވަޤުތު ނުވަތަ އިރުވަރުމިއޮތީ ލައިގެންފައެވެ. މިއަދު މިވަނީ މާލޭގެ މަގުތައް ދުއްވާއެއްޗެހިން ތޮއްޖެހިފައެވެ. ދުވަހެއް ދުވަހަކަށް ދުއްވާ އެއްޗިއްސަށް ނުވަދެވޭ މަގުތަށް އިތުރުކުރަމުން ދާންޖެހިފައެވެ. ޕާކްކުރެވޭނެ ޖާގަނެތިގެން އުޅެންޖެހިފައެވެ. ގޯތިތެރޭގައިޕާކުކުރެވޭނެ އެއްވެސް ޖާގައެއް ނެތޭ ބުނުމަކީ ދޮގެއް ނޫނެވެ. ދާދި ފަހަކާ ޖެހެންދެންވެސް މާލޭގެ ރައްޔިތުންނަކީ ބައިސްކަލްގައި އެއްގަމު ދަތުރުކޮށް އުޅުނުބަޔަކު ކަމުގައިވިޔަސް، މިހާރު ގިނަބަޔަކު ބައިސްކަލް ނުގެންގުޅޭ އެއް ސަބަބީ ބައިސްކަލު ރައްކާތެރިކަމާއެކު ބެހެއްޓޭނެ ޖާގައެއް ނެތުމުން، ގެއްލުމުގެ ފުރުސަތުބޮޑުކަމުންނެވެ.
މިއަދުވެސް މަގުމަތީގައި، ބައިސްކަލު ރައްކާތެރިކަމާއެކު ބެހެއްޓޭނެގޮތެއް ހޯދައިދެވިއްޖެނަމަ، ބައިސްކަލް ދުއްވަން ފަށާނެ ބަޔަކު ތިބޭނެއެވެ. އަޅުގަނޑުމެންގެ ބައިސްކަލަށް ރައްކާތެރި ޕާކިންއެއް ހަމަޖެހޭނެ އިންތިޒާމްކޮށްދޭށެވެ. މިއަދު މާލޭގައި ހުރި ޕާރކިންގެ ޖާގަ ނުގެއްލޭގޮތަށް ހަމަބިމަށްވުރެ މަތީގައި ބައިސްކަލު ބެހެއްޓޭނެ ޖާގަ ފަސޭހަކަމާއެކު ހެދިދާނެގޮތް އެބަހުއްޓެވެ.
ކާރެއްގެންގުޅުމުގެ އަގު މިއަދު މިވަނީ މައްޗަށްގޮސްފައެވެ. ކާރެއްގެ ޕެޓްރޯލްއަށް މަހަކު 0051 ރުފިޔާ ހަރަދުވެއެވެ. ޕާކުކުރަން ޖާގަނުލިބޭތީ ކާރެއްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފެނީ ޑުރައިވަރެއް ބަހައްޓައިގެންގެންނެވެ. ޑުރައިވަރަކު ބޭނުން ކުރާނަމަ ކާރެއްގެންގުޅުމުގެ ހަރަދު އެންމެ ކުޑަމިނުންވެސް މަހަކު 0057 ރުފިޔާ ހަރަދުވާނެއެވެ. މިއީ އަހަރުކު 00009 ރުފިޔާއެވެ. ވިސްނާލަމާ ހިންގަވާށެވެ. މިއީ އާއިލީ ޗުއްޓީއެއް ކިތަންމެ ރަނގަޅަށްވެސް ހަދާލެވޭހައި ފައިސާއެވެ.
މާއްދީކަންކަމުން ލިބޭ އުފަލަކީ ވަޤުތީ އުފަލެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި އުފާވެރިކަން ހޯދަން ކަންކަން ބައްޓަން ކުރަންވާނީ ކާރެއްގެ ވެރިއަކަށް ވުމުން ލިބޭ ހިތްހަމަޖެހުމަކުންނޫނެވެ. އަޅުގަނޑުމެން ދުއްވާ ކާރާއި ސައިކަލަކީ އަޅުގަނޑުމެންނަށް މާއްދީ އުފާވެރިކަން ދާއިމަށް ލިއްބައިދޭނޭ އެއްޗެއްނޫނެވެ. އެއީ މުޖުތަމައުގައިމީހެއްގެ މަގާމާއި، ފެންވަރާއި ގަދަރު އަންގައިދޭ މިންގަޑެއްވެސް ނޫނެވެ. މިއަދު އަޅުގަނޑުއަތުގައި އެންމެ މޮޅު ކާރު އޮތަސް މާދަމާ އެހެން ކޮންމެވެސް މީހެއްގެ އަތުގައި އެއަށްވެރެ ފަހުގެ ފެންވަރު ރަނގަޅު މޮޅު ކާރެއް އޮންނާނެއެވެ. މިވާދަވެރިކަމަށް ނިމުމެއް ނާންނާނެއެވެ.
އޭޝިއާގެ ސިޓީތަކަށް އާބާދީ ހިޖްރަކުރަމުން މިދަނީ އިންތިހާ ބާރު މިނެއްގައެވެ. ދުނިޔޭގެ އެންމެ އާބާދީބޮޑު 01 ސިޓީން 7 ސިޓީ މިއޮތީ އޭޝިއާގައެވެ. ވޯލްޑްބޭންކުގެ ރިޕޯޓަކުން ދައްކާގޮތުން އަޅުގަނޑުމެން މިނިސްބަތްވާ ސަރަހައްދުކަމުގައިވާ ދެކުނު އޭޝީއާގެ ސިޓީތަކުގެ އާބާދީ މިވަނީ 1002 އިން ފެށިގެން 1102 އަށް 031 މިލައަން އަރާފައެވެ. ފުރަމާލޭއަށް ރާއްޖޭގެ އެކި ހިސާބުން މީހުން މިއަންނަނީ ހިޖްރަކުރަމުން، އެހެންކަމުން މާލޭގެ އާބާދީ މިއަންނަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އަދި ހުޅުމާލެ ތަރައްގީވަމުން ދިޔަހެން ހިޖްރަކުރާ އާބާދީ އަންނާނީ ބޮޑުވަމުންނެވެ.
ދުނިޔޭގެ އާބާދީގެ މެދު ފަންތީގެ އާބާދީގެ %46 އުޅޭކަމަށްވަނީ އޭޝިއާސަރަހައްދުގައެވެ. މި %46 ގެ ކޮންސަޕްޝަންގެ %04 ނިސްބަތްވާނީ އޭޝިއާ ސަރަހައްދަށެވެ. އަޅުގަނޑުމެންގެ އާބާދިގެ މެދުފަންތި މިދަނީ ބޮޑުވަމުންނެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު ނިޝާނެކެވެ. ނަމަވެސް މިއާބާދީގެ ހުވަފެން އެމެރިކާނުންގެ އާންމު ދިރިއުޅުމުގެ ހުވަފެނާ އެއްގޮތްވެއްޖެނަމަ އަޅުގަނޑުމެންގެ މިކުޑަ ފުރަމާލޭ ސިޓީ،ދުއްވާ ތަކެތިން ތޮއްޖޭހެކަށް ގިނި ދުވަހެއް ނުނަގާނެއެވެ. މި ސަބަބުތަކައްޓަކައި މަގުތަކުގައި ދުއްވާތަކެތީގެ އަދަދު މަދުކުރެވޭނެ ގޮތަކަށް ދުރުވިސްނުމެއް ގެންގުޅެންޖެހެއެވެ.
މިމަޒުމޫނު ވަނީ ސީއެންއެމްގައި 92 ޑިސެމްބަރ 5102ގައި ޝާއިއު ކުރެވިފައެވެ.
އަދި ކޮމެންޓްސްތައް އެހުރީ ސީއެންއެމްގައި ހުރިގޮތަށެވެ.
komencTcsc
xwkIlu 2/16/2016 2:55:03 AM

vwrwSc furihwmw liyumeac sIaenc aemc ainc kiaunu aencme rwgwLu aeacliyunc


gwaumu 2/16/2016 2:54:32 AM

miaI moLu liyumeac. bEnuncteri liyumeac. mIhunc vesc hElwncjehE.


futube 2/16/2016 2:54:07 AM

awlI hWliduge mi liyumwkI moLu liyumeac. mIhuncvesc kuriawrwnc jehE.


dIdI 2/16/2016 2:53:39 AM

gwaumeacgegotugwai kuriawrwncNW mi fwdw liyunctwkunc aeiburwtc hWsilckurwncjehEdO. aErunc rwngwLuvWnI.


muhwacmW 2/16/2016 2:52:14 AM

mi fwdw hiyWlutwkWaeacgotwSc kwnckwnc kurW nwmw rwngwLuvWne. nwmwvesc hitWmwawkI viscnuncterikwmWaeku kwnckwnc kurwmuncdWtwnc nufenunc.


awli dIdi awacDU siTI 2/16/2016 2:51:33 AM

rwngwLu liaumeac. hwlWku nuve aotc twnc musctwqcbwlwScTwkwai mifwdw nizWmu twAWrwfc koScgenc swrukWrunc kuriywSc gencdWne nwmw hWdwhW rwngwLeve. mifwdw nizWmeac mihWrunc mihWrwScvesc awacDU siTIgwai gWaimukoScgenc kuriywSc gencdevidWne. mihWruvesc awacDUge dwturufwturuge nizWmu aeaotI swrukWruge kuncfuncNeacge awtcmwtIgwai. vehikwlctwac mihirw dwnI aituruvwmunc. mwgutwac hedEvwrwkwSc aebwai ginwvWne. aehenckwmunc aWTikwlcgwaivW fwdw nizWmeac hwrudwnW gotwkwSc gWaimukureviacjenwmw kitwncmehWvesc rwngwLu. aekwmwku, hitWmwywkI, koncme kwmeacvesc gosc nimenI "siyWswvegenc" kulwkulw jehigenc kwmwScvWtI. aeacduvwhu aekwku kurW kwmeac awneac duvwhu awnekuncnwSc kwmunudWtI.


nwnc
komencTcsc
[ Log In ]